Ad

ޗައިނާ ފޮރިން މިނިސްޓަރުގެ މިފަހަރުގެ ދަތުރުފުޅުގައި ރައީސް ޔާމީނާ ބައްދަލެއް ނުކުރައްވާ !

މިފަހުގެ ތާރީހެއްގައި ޗައިނާއިން ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ އިސް ފަރާތަކީ 7 ޖެނުއަރީ 2022 ވަނަ ދުވަހު ދވެހިރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރ ވޭންގް ޔީ އެވެ. މިދަތުރު ފުޅުގައި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ދެބޭފުޅުން ދެގައުމުގެ މެދުގައި އެތައް އެއްބަސްވުމެއްގައި ސޮއެކޮށް ދިވެހިރައްޔިތުންނަށް ވިސާ ނުލާ ޗައިނާ އަށް ދެވޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ. އަދި ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރެއްވިއެވެ.

މިހާތަނަށް ޗައިނާ އަށް އެންމެ ގިނައިން ތައުރީފު ކޮށް އަދި އަވައްޓެރި އިންޑިއާ އާއި ދެކޮޅަށް މުޒާހިރާ ކުރަމުންދާ ރައީސް ޔާމީން އަދި ޕީޕީއެމް އާއި ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލުކުރިތަނެއް ނުފެނުނެވެ. އަދި ޕީޕީއެމް އިން ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެވަޑައިގަތުމުން މަރުހަބާ ކިޔާލިތަނެއްވެސް ނުފެނުނެވެ. މީގެން އަންގައިދެނީ ރައީސް ޔާމީނު ބޭރުގެ މަދުގައުމުތަކާއި އޮތްގުޅުންވެސް މިހާރު ނެތްކަމެވެ. ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ފަދަ އެއްވެސް ގައުމެއްގެ ސަފީރެއްހާ ހިސާބުވެސް ރައީސް ޔާމީނާ ބައްދަލުކޮށްލިތަނެއް ނުފެނެއެވެ.

މީގެން އިގެނީ ރައީސް ޔާމީނު އަދި ޕީޕީއެމްއިން ކުރިއަަށް ގެންދާ "އިންޑިއާ އައުޓް" ފަދަ ހަރުކަށި ސިޔާސީ ފިކުރާ އަދި ހަރަކާތްތައް ފާޅުގައި އެހެން ގައުމުތަކުންވެސް ބަލައިގަންނަން އުނދަގޫވާނެ ކަމެވެ. ނަތީޖާ އަކަށް ވާނީ އެކަހެރިވެ މުޅި ދުނިޔެއާއީ ގުޅުން ކެނޑުމެވެ. މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ނުދެވޭއިރު މުޅިންވެސް ފެންނަނީ ނަފުރަތު އުފެއްދުމާއި ބައިބައިވުމުގެ ކެމްޕޭންތައް ކުރިއަށް ގެންދާތަން ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ރައީސް ސޯލިހު ދަނީ މުޅި ދުނިޔެއާއި ގުޅުން ބަދަހިކޮށް ދިވެހި ރާއްޖެއަށް އެތައް ކުރިއެރުމެއް ގެނެސްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *