Ad

މާވިންގެ ދިފާޢީ ވަކީލުން ވަކިކޮށްދިނުމަށް އޮތް ސިޓީއެއް ކޯޓުގެ ސަމާލުކަމަށް!

ދާދި ފަހަކުން ފުލުހުން ތަޙްޤީޤުކުރި އައިޖީއެމްއެޗް ގައި މަސައްކަތްކުރި ފިލިޕީންސް ނަރުސް މާވިން އެސް ވައި ވާގަސް ގެ މައްޗަށް ތުހުމަތުކުރެވޭ އޭނާގެ އަންހެނުން ގަސްތުގައި މަރާލި މައްސަލާގައި، މާވިންގެ ދިފާޢީ ވަކީލުން ވަކިކޮށްދިނުމަށް އެދި މާވިން ނަންމަތީގައި ފުލުހުންނަށާއި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއް ކޯޓުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މާވިންގެ ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރަމުން އައި މަޝްހޫރު ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު ޝަޒީމް ވަޙީދު އާއި ވަކީލު އިބްރާހީމް ޒާހިދު ވަކީލުކަމުން ވަކިކޮށްދިނުމަށް އެދި މާވިންގެ ނަންމަތީގައި އޮތް ސިޓީއެއް ފުލުހުންނަށާއި، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާތީ، މާވިންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވި ބަންދު އަޑުއެހުމުގައި، އެފަދަ ސިޓީއެއް މާވިންގެ ފަރާތުން ކޯޓަށް ހުށަހެޅިންތޯ އިސް ގާޒީ އަޙްމަދު ޝަކީލު މާވިން އާއި ސުވާލުކުރުމުން، އެކަން ޖެހޭނީ ޔަގީން ކޮށްލަންކަމުގައި މާވިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ވަކީލުން ހަޔަރ ކުރުމުގައި މާލީ ގޮތުން ދަތިތަކެއް ހުރިކަމުގައި މާވިން ބުނެފަވެއެވެ.

މާވިންގެ ވަކީލުން ބުނެފަވާ ގޮތުން، މާވިންގެ ނަންމަތީގައި ކޯޓަށް ފޮނުވާފަވާ ސިޓީއާމެދު ޝައްކުކަމަށެވެ. ނަމަވެސް، އިސް ގާޒީ އަޙްމަދު ޝަކީލު ބުނެފަވަނީ، އެކަން ކަމާބެހޭ މުއައްސަސާތަކާއި ޙިއްސާކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އެހެން ނަމަވެސް، މާވިންގެ ފަރާތުން ބޭނުންވަނީ އޭނާގެ ވަކީލުންގެ ގޮތުގައި ޢައްޔަނުވެފައިތިބި ވަކީލުންނާއެކު ކުރިޔަށް ދިޔުމަށްކަމުގައި ޝަރީޢަތުގެ މަޖިލީހުގައި ބުނެފަވާތީ، ގާޒީވަނީ އެފުރުޞަތު ވަކީލުންނަށް ދީފައެވެ.

މާވިންގެ އިތުރުން އެމައްސަލާގައި ދަޢުވާކުރަނީ މާވިން އާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރި ދިވެހި އަންހެން ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ.

އެނގި ހުރެ މީހަކު މެރުމުގެ ދައުވާ، މާވިންގެ މައްޗަށް ކޮށްފައި ވާއިރު އައިޖީއެމްއެޗްގެ އެހެން ނަރުހެއް ކަމަށްވާ އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކޮށްފައެވެ. އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަރުވި ފިލިޕީންސް އަންހެންމީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އަދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ.

ފުލުހުން ބުނެފައިވަނީ މޭރީ މަރާލާފައިވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *