Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑް-19: މާލެއިން ޕޮޒިޓިވްވި 192 މީހުންނާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 454 މީހުން!

ކޯވިޑް-19އަށް ރާއްޖެއިން މިއަދު 454 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން  ޕޮޒިޓިވްވި 454 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 192 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 165 މީހުންނާއި ރިސޯޓްތަކުން 74 މީހުންނެވެ. މިއީ 4197 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 98،506 އަށް އަރާފައެވެ. މީގެތެރެއިން 94404 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 3825 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 21 މީހުންނަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން 264 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *