ވިޔަފާރިވެރިންގެ ޝަކުވާ ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތަޢާރަފްކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމިނިސްޓްރީން "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ގެ ނަމުިގައި ޕޯޓްލް އެއް މިހާރު ތަޢާރަފްކޮށްފައިވާ ކަމަށެވެ.
އަދި މީގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީއަށް ހާޒިރުވާން ނުވަތަ އީމެއިލް ކޮށް ނުވަތަ ފޯނުކޮށްގެން އުފުލަން ޖެހުނު ތަކުލީފުތައް މިހާރު އުފުލަށް ނުޖެހޭނެ ކަމަށާއި، ފަސޭހަ ކަމާއެކު ވިޔަފާރިވެރިން އެމީހުންގެ ޝަކުވާތަށް ޕޮޓަލް މެދިވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ހުށަހަޅާ މައްސަލަތަށް މޮނީޓަރުކޮށް، އެޓެންޑްވުމާއި، އެ މައްސަލަތަކުގެ ހައްލު އޮންލައިންކޮށް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.




