Ad

ފޮރިން މިނިސްޓަރު ޝާހިދާއެކު ސަރުކާރުގެ ބޮޑު ވަފްދެއް ކޮމަންޑޫ ދާއިރާއަށް

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު ޝާހިދު ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފްދެއް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.

ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ޓީމެއް މި ދަތުރުގައި ބައިވެރިވެއެވެ. މި ވަފްދަށް ކޮމަންޑޫން މަރުހަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ކޮމަންޑޫގައި މިހާރު ހަރަކާތްތެރިވާ ސަރުކާރުގެ އިސްވެރިންނެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އެމްޑީޕީގެ މުޙައްމަދު ރާޝީދާއި، އިދިކޮޅު ޕީޕީއެމް އިން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެދުނު އެމްއެންޕީގެ ޢަބްދުލް ޙަންނާން އިދުރީސްއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއްވަނީ ރާޝިދުގެ ކެމްޕެއިން ލޯންޗޮށްދެއްވުމަށް ކޮމަންޑޫއަށް ވަޑައިގެންފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވެއެވެ. މީގެތެރޭގައި ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލުމުގެ ވައުދު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *