Advertisement
BML Home 2nd Ad

މިދިޔަ އިންތިޚާބު ވަގަށް ނެގިގޮތަށް ދެން އަންނަ އިންތިޚާބު ވަގަށް ނަގަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެ: ރައީސް ޔާމީން

މިދިޔަ އިންތިޚާބު ވަގަށް ނެގިގޮތަށް ދެން އަންނަ އިންތިޚާބު ވަގަށް ނަގަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ޕީޕީއެން ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ކޮމަންޑޫ ދާއިރާއަކީ އޮތް ދާއިރާއެއްކަން މިސަރުކާރަށް އެނގުނީވެސް މިއިންތިޚާބު ބޯމަތިވަމުންކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވި ކަންކަން ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި މިގޮތުން ކޮމަންޑޫގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހައި ޖުމްލަކޮށް މުޅި ކޮމަންޑޫ ދާއިރާއަށް 500 މިލިޔަން ރުފިޔާ އެމަނިކުފާނުގެ ވެރިކަމުގައި ހޭދަކުރެއްވިކަމަށް ވިދާޅުވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

"މިއަދުވެސް އަޅުގަނޑުމެން ކޮމަންޑޫގައި މި ދައްކާ ވާހަކައަކީ އަޅުގަނޑުމެން ފެށި މަޝްރޫއުގެ ވާހަކައޭ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުން ނޫނިއްޔާ މިހާރު މިއޮތް ސަރުކާރުން ވެސް މި ވާހަކަ ދައްކަވަނީ. މި ވާހަކަ ދައްކަވަނީ ބިން މުއްސަނދިކުރާ ވާހަކަ ބިން ބޮޑުކުރާނެ ވާހަކަ. އެކަމަކު އެއާއެކީ ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމަންޑޫ ރައްޔިތުން ހިތްޕުޅަށް ގެންނަވާށޭ އެ މަސައްކަތް ފައްޓައި އެ މަސައްކަތުގައި އޭރު ނިންމަންޖެހޭ މަސައްކަތް ނިންމައި، އެއީ ގާތްގަނޑަކަށް ނުވަދިހަ އެތައް މިލިއަން ރުފިޔާގެ މަޝްރޫއެއް. އެކަން ކޮށްފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ދޭތެރޭގައި ޕީޕީއެމްއިން އަޅާ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ވަރަށް އިތުބާރާއި ޔަގީން ކަމާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމުން ބޮޑު ތަނުން ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ.

"ވަގަން ނުނަގަންޏާ ކުރިއަށް ރިޔާސީ އިންތިޚާބަކީ ޕީޕީއެމްގެ އިންތިޙާބެއް. މިދިޔަ އިންތިޚާބު ވަގަށް ނެގިގޮތަށް ދެން އަންނަ އިންތިޚާބު ވަގަށް ނަގަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެ. ރައްޔިތުން ތިބީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ދިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ކޮމަންޑޫ ކައިރީގައި އޮތް ދިގުވެލިދޫ ވެގެންދާނީ ކޮމަންޑޫގެ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ކައިރިކޮށްދޭނެ އެއާޕޯޓެއް އޮންނަ ރަށަކަށް ކަމަށެވެ. އަދި ށ ކީކިމިނި އަލުން މަސްފެކްޓްރީއަކަށް ބަދަލުކޮށް އެތަނުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މިއުޑުދަށަކު ނުހުންނާނެ މިވަގުތަކު އެއްވެސް ވައްތަރެއްގެ ވައްކަމަކަށް
    ތިޔަ ވަގުޔާމީނަށްވުރެ ވަކި ފުރިހަމަމީ ހެއް! ހޯކަރުބެއާ ބިލެއްދޫހުސެން
    އަދި މަސްހޫރު އެލްޗާޕޯ ވެސް އެހުރީ ކަލޭކައިރިން ދަސްކުރަންޖެހިފަ!
    ތިޔަވަރެއް ނުހުންނާނެތާ އެއްމެންކުރިމަތީ އެއޮއްބޮޑު ޕީޕީ އެމް ވެސް
    ވަގަށްނެގީ ވިއްޔަ ދެންކޮންއެއްޗެއްތަ ވަގަށްނުނަގާނާ؟

  2. Inthihaabu 2013 ga vagah negigothah adhi court medhuverikoh inthihaabu hoadhi gothah dhoolohleven nehkamah dhivehinvanee 2018ga bas bunefa.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add