Ad

ކޯވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަނީ!

ކޯވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފުށީ ޖަލުގައި ކޯވިޑް-19 ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 07 އޮފިސަރުން އަދި 14 ޤައިދީން އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.

މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު ހަތަރަކުން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނައުމަށް ވަނީ ނިންމާފައެވެ.

އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

މިމަސް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ. މިގޮތުން އިއްޔެވެސް ރާއްޖެއިން 816 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *