Ad
ޖަލުގައި ޤައިދީން ތަމްރީން ޕްރޮގްރާމެއްގައި
ޖަލުގައި ޤައިދީން ތަމްރީން ޕްރޮގްރާމެއްގައި

މާފުށީ ޖަލުން 41 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާފުށީ ޖަލުން 41 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 36 ގައިދީއަކާއި ޖަލު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ކަރެކްޝަލް ސާރވިސްގެ ފަސް އޮފިސަރުންނެވެ. މިމީހުންނާ ކޮންޓެކްޓްވި 68 ޤައިދީއަކާއި 12 އޮފިސަރަކު ވަނީ އެކަހެރިކޮށްފައެވެ.

އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

ޖަލުގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މާފުށީ ޖަލު މިހާރު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *