Ad

ސަވާއީ ބަޓް ހަމަ ތަފާތު

އިންޑިއަށް އައިޑަލުން ވިދާލި ލަވަކިއުންތެރިޔާ ސަވާއީ ބަޓްގެ ވީޑިއޯ ލަވަތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއެކު އެ ލަވަތަކަށް ތައުރީފު އޮހެން ފެށިއެވެ. އިންޑިޔާގެ ކުރީގެ ފިލްމީ ތަރިންނާއި މިއުޒިކީ ފަންނާނުންނާއި ކިޔަވާ ކުދިން ވެސް އޭނާގެ ލަވަތަކަށް ހާއްސަ ސަމާލުކަމެއް ދިނެވެ. އޭނާގެ ވަރުގަދަ އަޑާއި ލަވަ ހުށަހަޅައިދިނުމުގައި ގެންގުޅޭ ސާދާ ވައްޓަފާޅި އާންމުންނަށް ކަމުދެއެވެ. ޚާއްސަކޮށް އޭނާ ހަރުމުނިއަމުން މިއުޒިއު ޖަހަމުން ކިޔާ ލަވަތަކަށް ހޯދި ސަމާލުކަން ބޮޑެވެ.

އާދަޔާޚިލާފު ފަގީރު އާއިލާއަކަށް އުފަން ސަވާއީގެ ސޯލް ވީޑިއޯ ލަވަ، މިއުޒިކް ކޮމްޕޯސަރު އަދި ލަވަކިއުންތެރިޔާ ހިމޭޝްގެ ސްޓޫޑިއޯއިން ނެރުމާއެކު ލިބުނު ތަރުހީބު މިލިއަނުން ގުނެންފެށިއެވެ. އިންޑިއަން އައިޑަލްގެ ގަދަ ހައެއްގައި ހިމެނުނު ބައެއް ލަވަ ކިއުންތެރިންނަށްވުރެ ސަވާއީއަށް ސޯޝަލް މީޑިޔާގައި ލިބުނު ތަރުހީބު ބޮޑުވިއެވެ.

އަމީތާބުގެ ކާފަ ދަރިފުޅު ސަވާއީގެ ލަވަތަކަށް ލޯބިކުރާލެއް ބޮޑުކަމުން އަމީތާބު ވެސް ވަނީ ސަވާއީގެ ލަވަތައް ސޯޝަލް މީޑިޔާގައި ޕްރޮމޯޓް ކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *