ތ. ވަންދޫން ފުރަތަމަ ފަހަރަށް ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ވަންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން އަފީފު ވިދާޅުވީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތްކުރާ އެހެން ރަށެއްގެ މީހެއް ކަމަށެވެ. އޭނާއަކީ މިދިޔަ ހަފްތާގައި ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މާލެއިން ނެގެޓިވް ސާމްޕަލާއެކު ރަށަށް އައި މީހެއްކަމަށް އަފީފު ވިދާޅުވިއެވެ. އޭނާ ޕޮޒިޓިވްވުމާގުޅިގެން އޭނާއާ ކޮންޓެކްޓްވީ މީހުން މިހާރު ކަރަންޓީން ކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އެރަށް އަދި މޮނިޓަރިންއަށް ލާފައެއް ނުވެއެވެ. ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން ވަންދޫ ކައުންސިލާއި އެރަށު ކޮވިޑް ޓާސްކްފޯސް ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ރަށު ކައުންސިލުން ބުނެއެވެ.
ކޮޅުމަޑުލު ވަންދުން ކޮވިޑް ފެނުމާއެކު އެއަތޮޅުގެ ހުރިހާ ރަށަކުން ކޮވިޑް ކޭސްތައް މިހާރު ވަނީ ފެނިފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރެވެ.