Ad

ތ. ވަންދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 11 އަށް އަރައިފި

ތ. ވަންދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އެރަށު ސިއްޚީ މަރުކަޒުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާތަނަށް ނެތި 39 ސާމްޕަލްގެ ތެރެއިން 11 މީހުން ޕޮޒިޓިވްވެފައިވާއިރު ނެގެޓިވް ވެފައިވަނީ 11 ސާމްޕަލެވެ. އަދި ނަތިޖާ ނުލިބެނީ 17 ސާމްޕަލްގެއެވެ. ޕޮޒިޓިވްވީ މީހުންގެ ތެރެއިން 10 މީހުން ތިބީ އެރަށުގައި ކަރަންޓީން ކޮށްފައެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުނު ފަހުން ވަންދޫން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިހަފްތާ ތެރޭގައެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 އެންމެ ހަވުލިކަމާއެކު ފެތުރެމުންދާ ދުވަސްވަރެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވައިވާ މައުލޫމާތައް ބަލާއިރު އިއްޔެ އެކަނިވެސް 2813 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިއެވެ. މީގެތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 1273 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 974 މީހުންނާއި ރިސޯޓްތަކުން 114 މީހުންނެވެ. މިއީ 7343 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *