Ad

ހިއްވަރާއެކު ކެންސަރާއި ކުރިމަތިލި ސައިފް ނިޔާވެއްޖެ

ދުނިޔޭގައި ވަރަށް މަދު ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުން ގެންދިޔަ އަލީ ސައިފް ލަތީފް ނިޔާވެއްޖެއެވެ.

ސައިފް ނިޔާވެފައިވަނީ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މިކަން ހާމަކޮށް ސައިފްގެ ކޮއްކޮ ހަމްޒާ ލަތީފް ބުނެފައިވަނީ ސައިފް ނިޔާވީ ފަތިހު 5:42 ގަ އެވެ. ހަމްޒާގެ ޓްވީޓްގައި ބުނީ ބޭބެ ނިޔާވުމުން ކުރެވޭ އިހްސާސް ބަޔާން ކޮށްދޭނެ ގޮތެއް ނޭނގޭ ކަމަށެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ސައިފް ފަރުވާ ހޯދަމުން ގެންދިޔައީ 'ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ' ކިޔާ ބާވަތެއްގެ ކެންސަރަކަށެވެ. މިއީ ވަރަށް މަދުން ފެންނަ ކެންސަރުގެ ބާވަތެކެވެ. މިއީ ރާއްޖެއިން މިބާވަތުގެ ކެންސަރު ފެނުނު ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގައި ވެސް ރެކޯޑްކުރެވިފައިވަނީ މިބާވަތުގެ އެންމެ ފަސް ކޭސްއެވެ.

އުމުރުން 40 އަހަރުގައި ސައިފް ނިޔާވިއިރު އަނތްބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *