Ad

މާލެއިން ޕޮޒިޓިވްވި 599 މީހުންނާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 1955 މީހުން

ކޯވިޑް-19އަށް ރާއްޖެއިން މިއަދު 1955 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 1955 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 599 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 875 މީހުންނާއި ރިސޯޓްތަކުން 78 މީހުންނެވެ. މިއީ 5469 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 146991 އަށް އަރާފައެވެ. މީގެތެރެއިން 128963 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 17735 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 56 މީހުންނަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން 280 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދިއުމަށްފަހު ޕޮޒިޓިވްވާ އަދަދު މިހާރު ވަނީ ދަށަށްދާން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *