Ad

ޤައިދީންގެ ބޭސް ފަރުވާއަށް ކަރެކްޝަންސް އިން ހުރަސް އަޅަނީ!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ހުރަސް އަޅަމުން އަންނަކަމުގެ ޝަކުވާތަށް ޤައިދީންގެ ޢާއިލާތަކުގެ ފަރާތުން އިރުވަރު ނޫހަށް ލިބެމުން އެބަދެއެވެ.

މިފަހަކަށް އައިސް ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބޭސް ފަރުވާގެ އިންތިޒާމްތަށް ހަމަޖެހިފައި ހުންނަ ގޮތުން، ހިތްހަމަނުޖެހިގެން އެފަރާތްތަކުން އަންނަނީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭކަމުގައި ބުނެ ކޯޓުގައި ޝަކުވާކުރަމުންނެވެ. އަދި، އެޝަކުވާތަކުގެ މައްޗަށް ބަލައި ކޯޓުތަކުން އަންނަނީ ބޭސް ފަރުވާގެ އިންތިޒާމްތަށް ކުރިޔަށް ގެންދިޔުން ބަންދުގައި ތިބޭ މީހުންގެ ޢާއިލާތަކުން ހަމަޖެހޭނަމަ، ބޭސް ފަރުވާ ކޮށްދިނުމުގެ އަމުރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް ކުރަމުންނެވެ.

ދާދި ފަހަކުން، މާލޭ ޖަލުގައި ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިހުރި ފަރާތެއް އެތެރެހަށީގެ އިންފެކްޝަން އުފެދި ނޭވަލުމަށް އުނދަގޫވެ، ކެއްސާ ހަދާތީ، ޑޮކްޓަރަށް ދެއްކުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި އެދުމުންވެސް ޑޮކްޓަރަށް ދައްކާފަނުވާތީ، އެކަން ޢާއިލާގެ ސަމާލުކަމަށް އައުމާއެކު، މެޑިކާ ހޮސްޕިޓަލުން އެތެރެހަށީގެ ސްޕެޝަލިސްޓަކަށް ދެއްކުމަށްޓަކައި މެމޯ ހައްދައި، މެމޯގެ ކޮޕީއާއެކު ކުރިމިނަލް ކޯޓަށް ފޮނުވުމުން، ކޯޓުން މެމޯގައިވާ ތާރީޚާއި ގަޑިއަށް ބަންދުގައިވާ ފަރާތް ހޮސްޕިޓަލަށް ގެންދިޔުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އަމުރުކުރި ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އެއަމުރަށް ތަބާނުވިކަމުގެ މަޢުލޫމާތު ޢާއިލާއިންވަނީ ދީފައެވެ.

މެމޯގައިވާ ގަޑިއަށް ޢާއިލާއިން މެޑިކާ ހޮސްޕިޓަލަށް ދިޔަ ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބަންދުގައިހުރި ގައިދީ ހާޒިރުކޮށްފައިނުވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް ގުޅުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފައިވަނީ ބަންދުގައިހުރި ފަރާތަކީ އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކަންޖެހޭ ވަރުގެ ބަލިމީހެއް ނޫންކަމަށެވެ. އަދި، އެކަން ކުރިމިނަލް ކޯޓަށްވެސް އަންގާފައިވާކަމުގައި ކަރެކްޝަނަލް ސަރވިސަސް އިން ޢާއިލާއަށް މަޢުލޫމާތު ދީފަވާކަމުގައި ބަންދުގައިވާ މީހާގެ ޢާއިލާއިން ބުނެއެވެ. އެހެން ނަމަވެސް، ބަންދުގައިވާ މީހާގެ ޢާއިލާއިންވަނީ ބަންދުގައިހުރި ފަރާތުގެ އެތެރެހަށީގެ އިންފެކްޝަން އުފެދިފައިވާތީ، ނޭވާލަންދަތިވާކަމުގެ ޝަކުވާވެސް ކޮށްފައެވެ. އެހެން ނަމަވެސް، އެކަމާއި އެއްވެސް ވަރަކަށް ކަރެކްޝަނަލް ސަރވިސަސް އިން އަޅާނުލައި ފޯނު ބޭއްވީކަމުގައި އެޢާއިލާއިން މަޢުލޫމާތުދެއެވެ. އެކަމުގެ ޝަކުވާ ކުރިމިނަލް ކޯޓަށް ހުށަހެޅުމާއެކު، އެމައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ޢާއިލާއިންވަނީ ހުށަހަޅާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ކޯޓުތަކުގައި އެންމެ ބޮޑަށް ކުރަމުންދާ ޝަކުވާއަކީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ ކަމުގެ ޝަކުވާއެވެ. މިފަދަ ޝަކުވާތަކަށް ބެއްލެވުމަށްފަހު ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުވޭ ބައެއް މީހުން ބޭސް ފަރުވާއަށް ޖަލުން ދޫކޮށްފައިވެސް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *