Ad

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ރާޝިދު، މެމްބަރުކަމުގެ ހުވާކުރައްވައިފި

  • ރާޝިދު ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، 1398 ވޯޓުން. އެއީ ވޯޓުދިން މީހުންގެ 48.5 ޕަސެންޓް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ހޮވިވަޑައިގެންނެވި މުޙައްމަދު ރާޝިދު މެންބަރު ކަމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރާޝިދަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ރާޝިދު ކާމިޔާބު ކުރެއްވީ، 1398 ވޯޓުންނެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ. އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓު ވޯޓެވެ. އެމްއެންޕީގެ އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އެއީ ވޯޓުދިން މީހުން ތެރެއިން 11 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް ބޭއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބަލީގައި ފަރުވޯ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *