Ad

ހުޅުމާލޭގެ ފާމަސީއަކުން ވައްކަންކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ހުޅުމާލެ، ސިޓީ ފާމަސީ 2 އިން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ނުފެނިފައިވާ މީހަކު ހޯދަން ފުލުހުން އިއުލާން ކުރައްވައިފިއެވެ. ފޮޓޯއާއި ވީޑިއޯއިން ފެންނަ މީހާއަކީ 2021 ނޮވެމްބަރ 09 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ، ސިޓީ ފާމަސީ 2 އިން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހާއެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިލައްވަމުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *