Ad

ދެރަށަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި، ދެ ރަށަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރެއްވިގޮތުގައި މިއޮޕަރޭޝަންތައް ހިންގާފައިވަނީ އދ. ދިގުރަށާއި ބ.ފެހެންދޫގައެވެ.

ދިގުރަށުގައި ހިންގި އޮޕަރޭޝަނަކީ މާމިގިލިން ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. ދިގުރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި މިއޮޕަރޭޝަނުގައި، ދިގުރަށު ބަނދަރާ އެ ދޯނި ގާތްކުރި ވަގުތު ފުލުހުން ދޯންޏަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، 24 ކަރުދާސްކޮޅު ފެނިފައިވާކަމަށާއި މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ފެހެންދޫގައި ހިންގި އޮޕަރޭޝަނަކީ ތުޅާދޫން ފެހެންދުއަށް ދިޔަ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ގޮއިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މިއޮޕަރޭޝަނުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *