Ad

ރައީސް ޔާމީނު ސަރުކާރުގައި މަރާލި ކިނބުލުގެ މައްސަލަ އަދިވެސް ބަލާފައިނުވާތީ މެމްބަރ ސަލީމް ކަންބޮޑުވުން ފާޅުކުރައްވައިފި

މާލޭގެ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލީ ރައީސް ޔަމީނުގެ އެނގެވުމަށް ކަމަށް އެދުވަސްވަރު މީޑިއާގައި ރިޕޯޓްކޮށްފައިވާކަމަށާއި އެމައްސަލަ އަދިވެސް ބައްލަވާފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ވިދާޅުވެއްޖެވެ.

ސަލީމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤުވާމީ ވިޔަފާރިކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން މިއަދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ދޫނިތަކެއް، އޭގެ ދެތިންމަސްފަހުން ސަރުކާރުން ނައްތާލީކަމަށް އަޑުތައް ފެތުރިފައިވާ މިދަނޑިވަޅުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ސަލީމް ވިދާޅުވީ، މިފަދަ ކަންކަން ނުހުއްޓުވިގެން މިއުޅެނީ ޤާނޫނާއި ޤަވާއިދު ނެތިގެން ނޫން ކަމަށެވެ. މައްސަލައަކީ ޤާނޫނާޢި ޤަވާއިދު ތަންފީޒު ނުކުރެވުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ޤާނޫނާއި ޤަވާއިދު ތަންފީޒުނުވުން އެއީ ޙަޤީގީ މައްސަލަ ކަމަށް ވިދާޅުވެ ހެކިދައްކަވަމުން ސަލީމް އިޝާރަތްކުރެއްވީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލައަށެވެ.

ކިނބޫ މަލާލުމާއި ގުޅިގެން ރާޢްޖޭގެ މީޑިއާތަކުގައި ކޮށްފައިވާ ރިޕޯޓްތަކަށް އިޝާރާތްކުރައްވާ ސަލީމް ވިދާޅުވީ، ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ، ހާމުދުރެއްގެ ލަފާގެމަތީން މަރާލަން އެންގެވީ ރައީސް ޔަމީނުކަމަށް، އޭރުގެ ނާޢިބް ރައީސް އަދީބާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްތައްް ލިޔެފައިވާކަމަވެ. ކިނބޫ މަރާލި މައްސަލައިގައި އަދީބު ދެއްވާފއިވާ މަޢުލޫމާތުގެ އަލީގައި، ލިޔެފައިވާ މީޑިއާ ރިޕޯޓްތަކާއި ހަވާލާ ދެއްވާ ސަލީމް ވިދާޅުވީ، ކިނބުލަށް ޒަހަރު ދީގެންވެސް މަރުނުވުމުން، ސިފައިންލައްވާ ބަޑިޖަހައިގެން ކިނބޫ މަރާލުމަށްފަހު، ސިފައިންގެ ބެލުމުގެ ދަށުން ކިނބޫ ވަޅުލާފައިވަނީ އުތުރު ތިލަފަޅުގައި ހުންނަ މިސްކިތުގެ ކައިރީގައި ކަމަށެވެ.

އަޙުމަދު ސަލީމް ވިދާޅުވީ ކިނބޫ މަރާލި މައްސަލައިގައި އެދުވަސްވަރު މީޑިއާއިން ސުވާލުކުރުމުން ސިފައިން ބުނެފައިވަނީ އެމައްސަލަ ތަޙުޤީގު ކުރައްވާނެ ކަމަށެވެ. އެކަމަކު މިއަދާއި ހަމައަށް އައި އިރުވެސް ކިނބޫ މަރާލި މައްސަލައިގައި ސިފައިން އަދި ސަރުކާރުން އެއްވެސް ތަފުސީލެއް ރައްޔިތުންނަށް ހާމަކޮށްފައި ނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ކަންކަން ނުހުއްޓުވިގެން މިއުޅެނީ ޤާނޫނާއި ޤަވާއިދު ނެތިގެން ނޫން ކަމަށާއި ޙަޤީގީ މައްސަލައަކީ ޤާނޫނާޢި ޤަވާއިދު ތަންފީޒު ނުކުރެވުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް މިއަދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *