Ad

ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެވެ. މި ފޮތްތަކަކީ، ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެވެ. މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، (އިސްލާމް، ދިވެހި، ޤުުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން، ވެލިއުސް އެންޑް އެތިކްސް) މިއެވެ.

މި އިން ކޮންމެ ދާއިރާއަކުން ހަތަރު މަރުޙަލާގެ ފޮތް ހިމެނޭނެއެވެ. މި ފޮތްތައް އެކުލަވާލެވެނީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މަންހަޖަށް ރިޢާޔަތްކޮށް، އެ އިންސްޓިއުޓްގެ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު، އަދި ކަރިކިއުލަމް ޑިވެލޮޕަރ އަލްފާޟިލާ މަރިޔަމް ޝަޒްނާއެވެ. މަރިޔަމް ޝަޒްނާއަކީ އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ތިންކު ޓޭންކުގެ މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *