Ad

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޟް ވާދަކުރައްވަން ނިންމަވައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޟް އިސްމާޢީލް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓަރ ފައްޔާޟް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިޢުލާން ކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ދެވަނަ ބޭފުޅަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވާ އަލްއުސްތާޒު ހަސަން ލަތީފްގެ ދައުރު މިއަދަށް ހަމަވާނެއެވެ. އެމްޑީޕީންވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިޚާބުތައް ބާއްވާނެ ތަރީހުތައް ކަނޑައެޅުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.

ރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިޚާބާޢި ޗެއާޕާސަންގެ އިންތިޚާބާއި، ރިޔާސީ ޕްރައިމަރީގެ އިންތިޚާބާއި، އަންހެނުންގެ ރޫޙުގެ އިންތިޚާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވާނެ ތަރީހެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *