މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އަކީ ދިވެހި ޒުވާނުންގެ ވިސްނުމަށް މަތީ ފެންވަރުގެ ގަޑި އުފައްދައި، ރާއްޖޭގައި ވިއްކާ މާކެޓް ކުރަމުން ފެންދާ ވިޔަފާރިއެކެވެ. ފާއިތުވި ދެ އަހަރުގެ ކާމިޔާބު ފާހަގަ ކުރެވެނީ، މޯލްޑިވްސް ވޭވް ބްރޭންޑް ނަމުގެ ދަށުން، ނައިޓް ސީރީޒާއި ލިޔެލާ ސީރީޒްގެ 10،000 ގަޑި، މި ޒުވާން ޓީމުން ވިއްކާފައިވުމެވެ.
މޯލްޑިވްސް ވޭވް އަތުކުރީގަޑީގެ ބާވަތްތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ގަޑީގެ ބްރޭންޑްތަކާ އެއްގޮތަށް، ފެންވަރު ރަނގަޅު މެޓީރިއަލާއި އަދި ޖަޕާނުގެ މިޔޯޓާ ކުންފުނީގެ ފެންވަރު ރަނގަޅު މޯވްމެންޓް ނުވަތަ ގަޑިހިނގާ މެޝިން ބޭނުން ކޮށްގެން އުފައްދައި، ތިން އަހަރުގެ އިންޓަނޭޝަނަލް ވޮރަންޓީ ލިބޭ ގޮތަށް ވިއްކަމުން އަންނަ ގަޑި ބްރޭންޑެކެވެ. ރާއްޖޭގެ އެއްވަނަ ގަޑި ބްރޭންޑެވެ.
މޯލްޑިވްސް ވޭވްގެ ވޮރަންޓީގެ ދަށުގައިވާ ގަޑިތައް މަރާމާތުކުރުމާއި މައްސަލަތައް ހައްލުކުރުމުގައި ތަމްރީން ލިބިފައިވާ ޚާއްސަ ޓީމެއް އެބައޮތެވެ. ކަސްޓަމަރުންނަށް ޔަގީންކަން ބޮޑު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައެވެ.
ރާއްޖޭގައި ގަޑި މަރާމާތުކުރުމުގެ މަސައްކަތްތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން އެމީހުންގެ ފޭސްބުކްގައި މޯލްޑިވްސް ވޭވްގެ ގަޑީގައި ބޭނުންކުރާ މޫވްމަންޓް ނުވަތަ ގަޑި ހިނގުމަށް ބޭނުންކުރާ މެޝިނަކީ ސިޓިޒަން ފަދަ މަޝްހޫރު ގަޑިތަކުގައިވެސް ބޭނުންކުރާ ޖަޕާނުގެ މޮޅު މޫވްމެންޓްކަން ފާހަގަކޮށްފައިވަނީ އެމޫވްމަންޓްތަކާ ބެހޭ ގޮތުން ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވާން ފެށުމުން، ގަޑި ގަންނަ ފަރާތްތަކަށް ކަށަވަރުކަން ދިނުމުގެ ގޮތުން، އެމީހުންގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.
މޯލްޑްސް ވޭވަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ގަޑި ބްރޭންޑެވެ. ދިވެހި ބްރޭންޑެކެވެ. ދިވެހިންގެ ވިސްނުމެކެވެ. އުފެއްދުމެކެވެ.