Ad

ކޮވިޑަށްފަހު ފަތުރުވެރިން އެންމެގިނައިން އައި ދުވަހު، އަނެއްކާވެސް ރެކޯޑެއް ހަދައިފި

ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އައު ރެކޯޑެއް ހަދައިފިއެވެ. ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 12ވަނަ ދުވަހު 7668 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވިގޮތުގައި މިއީ ކޯވިޑަށްފަހު އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް މިހާގިނަ ފަތުރުވެރިން އައި ފުރަތަމަ ދުވަހެވެ. މީގެކުރުން އެއްދުވަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ގޮތުގައި އޮތީ މިދިޔަ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހެވެ. އެދުވަހު ރާއްޖެއަށް 7098 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 189734 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 46.4 އިންސައްތަ އިތުރު އަދަދެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *