Ad

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އަދި ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ ނިޔާވެއްޖެ

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އަދި ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ ނިޔާވެއްޖެއެވެ. ބައްޕީ ލެހެރީ ނިޔާވިކަން އިއުލާން ކޮށްފައިވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 11:45 އެހާކަށްހާއިރުގައެވެ. އޭނާ މަރުވީ އިންޑިއާގެ މުމްބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްނެވެ.

ޢުމުރުން 69 އަހަރުގެ ބައްޕީ ބައްޕީ ލަހިރީ ނިޔާވީ ބަލިޙާލަތު ބޮޑުވެގެން ހޮސްޕިޓަލުގައި ފަރުވާދެވޭތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޭނާ ނިޔާވީ ނޭވާލުމުގެ ނިޒާމަށް ދިމާވާ ސިއްޙީ މައްސަލައެއްކަމަށްވާ "އޮބްސްޓްރަކްޓިވް ސްލީޕް އެޕްނޭ"ގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ.

ބައްޕީ ލަހިރީ އަކީ 1972ވަނަ އަހަރުންފެށިގެން 2020ވަނަ އަހަރާ ހަމައަށް ލަަވަކިއުމުގައި ޙަރަކާތްތެރިވަމުންދިޔަ މަޝްހޫރު ފަންނާނެކެވެ. 1970ގެ އަހަރުތަކުން ފެށިގެން ބޮލީވުޑުގެ އެތައް ފިލުމަކަށް އޭނާ ލަވަކިޔާފައިވެއެވެ. އޭނާގެ ގިނަ ލަވަތަކަކީ ފޯރިގަދަ އެހާމެ ބޮޑު މަޤުބޫލުކަމެއް ހޯދި ލަވަތަކެކެވެ. ބައްޕީ ލަހިރީއަށް ވަނީ ފިލްމުވެއަރ އެވޯޑާއި މިއުޒިކް މިރްޗީ އެވޯޑްފަދަ ބައެއް އެވޯޑުތައްވެސް ލިބިފައެވެ.

ބައްޕީ ލަހިރީއަކީ ލަވަކިއުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއްވެސް މެއެވެ. އަދި އޭނާއަކީ އެކްޓްކުރުމާއި ރެކޯޑިން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވުނު ފަންނާނެކެވެ.

ބައްޕީ ލަހިރީވަނީ ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވެފައެވެ. 2014 ވަނަ އަހަރު އޭނާ ވަނީ މިހާރު އިންޑިއާގެ ވެރިކަންކުރާ ޕާޓީ ޕާރަތިޔާ ޖަނަތާ ޕާޓީ (ޕީޖޭޕީ)އާ ގުޅިފައެވެ.

ބައްޕީ ލަހިރީ ނިޔާވުމުގެ ހިތާމާގައި އިންޑިޔާގެ ޢާއްމު ރައްޔިތުންނާއި ބޮލީވުޑު ފަންނާނުން އަންނަނީ ބައިވެރިވަމުންނެވެ. ބައްޕީ ލަހިރީއަކީ މިމަހުގެ ތެރޭގައި މަރުވި ބޮޑުވުގެ މަޝްހޫރު ދެވަނަ ލަވަކިޔުންތެރިއާއެވެ. މިމަހުގެ 6 ވަނަ ދުވަހު މަޝްހޫރު ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރު ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *