Ad

އައްޑޫސިޓީ މަރަދޫފޭދޫ ފަޅު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫސިޓީ މަރަދޫފޭދޫ ފަޅު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫސިޓީ މަރަދޫފޭދޫ ގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނުމުން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މަރުވެފައި ވަނީ މަރަދޫފޭދޫ މީހަކާ އިނދެގެން އުޅޭ ޏ. ފުވައްމުލަކު ފިރިހެނެކެވެ. އޭނާގެ އުމުރަކީ 40 އަހަރެވެ. ފުލުހުން ވިދާޅުވީ، އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެނިފައި ނުވާކަމަށް އެމީހާ ބެލި އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައް އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *