Ad

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހުޅުމާލޭގައި ހިންގައިފި

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުން ހުޅުމާލޭގައި ހިންގައިފިއެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މައުލޫމާތު ދިނުމުގެ ހަރަކާތެކެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ރައްޔިތުން ގުޅިގެން އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހިޔާލުބަދަލުކޮށްފައިވެއެވެ. އަދި އަމާން ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްވެސް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހިޔާލުބަދަލުކޮށްފައިވެއެވެ.

މިހަރަކާތަކީ ހުޅުމާލެ ނެއިބަރހުޑް ޕޮލިހާއި، ރެސްޕޮންސް އެންޑް ޕެޓްރޯލް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *