Ad

ސްޓެމްސެލް ތެރަޕީއަށް ތުއްތު ޒިޒްއަށް އެހީތެރިކަމެއް ދެއްވާ!

ހދ. ކުޅުދުއްފުށީ، އުމުރުން އެންމެ 5 އަހަރުގެ އާދަމް މުޖައްޒިޒް މުޖުތަބާ (ޒިޒް) އަކީ ވަރަށް ޅައިރުން ފެށިގެންވެސް ޞިއްޙީ މައްސަލަތަކެއްދިމާވެފައިވާ ކުއްޖެކެވެ. އެގޮތުން، އެންމެ ބޮޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވާހަކަ ދެއްކުމުގެ ދަތިތަކާހުރެ، އެއްވެސް ވަރަކަށް ވާހަކަ ނުދެއްކިދިޔުމެވެ.

ޒިޒްގެ އުމުރުން ގާތްގަޑަކަށް ދޮޅު އަހަރުގައި މަންމަ ބައްޕަ ކިޔުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ޒިޒް އަށް ނުދެއްކޭ ކަމުގައި ޢާއިލާއިން ބުނެއެވެ. ދަރިފުޅު ބޮޑު ވަމުން އަންނަ ވަރަކަށްވެސް އެއްވެސް ވަރަކަށް ދަރިފުޅު ވާހަކަ ނުދައްކާތީ، ދަރިފުޅު ޑޮކްޓަރަށް ބަރާބަރަށް ދައްކަމުން ޢާއިލާއިން ދިޔަނަމަވެސް އަދި މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައިނުވެއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރެޕީވެސް ގާތްގަނޑަކަށް 6 (ހައެއް) މަސްދުވަސް ވަންދެން ޒިޒް އަށް ދިންނަމަވެސް، މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެން ނަމަވެސް، ޒިޒްގެ އުމުރުން 10 އަހަރުވުމުން ފޮލޯއަޕްކުރަން ޢާއިލާއަށް އެންގިއެވެ.

ޑރ. ނާޒް ހދ. ކުޅުދުއްފުއްޓަށް ކުރި ދަތުރެއްގައި ޒިޒް ކޮންސަލްޓްކޮށް ބުނެފައިވަނީ ޒިޒްއަކީ އޯޓިސްޓިކް ކުއްޖެއްކަމުގައި ބުނެފައެވެ. ފެންނަންހުރީވެސް އޯޓިޒަމް ޢަލާމާތްތަކެއްކަމުގައި ޑރ. ނާޒް ބުނިކަމަށް ޢާއިލާއިން ބުނެއެވެ. އެގޮތުން، އޮކިއުޕޭޝަނަލް ތެރެޕީ، ސެންސަރީ އިންޓެގްރޭޝަން ތެރެޕީ، ބިހޭވިއަރ ތެރެޕީ، އަރޓް ތެރެޕީ، ސްޕީޗް ތެރެޕީ، އޭޑީއެޗްޑީ ޕްރޮގްރާމް، އާރލީ އިންޓަރވޭޝަން ޕްރޮގްރާމް، ޕޮޒިޓިވް ބިހޭވިއަރ ޕްރޮގްރާމް އަދި ސޯސިއަލައިޒޭޝަން ސްކިލްސް ޓްރެއިނިން ދީގެން ކޮންމެވެސް ލުޔެއް ފަރުވާ ލިބިދާނެކަމުގައި ބުނެފަވާކަމުގައި ޢާއިލާއިން މަޢުލޫމާތުދެއެވެ. އެހެން ނަމަވެސް، އޭގެން އެއްވެސް ފަރުވާއެއް ރަށުން ލިބެންނެތުމުން، އެފަރުވާ ހޯދުމަށް މާލެ ގޮސް މާލޭގައި ގިނަދުވަސްތަކެއްވަންދެން ތިބެންޖެހޭކަމުގައި ޢާއިލާއިން ބުނެއެވެ. އަދި، މިބުނެވުނު ތެރެޕީ ތަކަށް ވަރަށް ބޮޑު މިންވަރެއް ޚަރަދުވާއިރު، އެފަދަ ތަނަވަސް ޢާއިލާގެ ކިބައިގާ މިވަގުތު ނެތްކަމުގައި ޢާއިލާއިން މަޢުލޫމާތު ދެއެވެ.

ޢާއިލާއިން ބުނިގޮތުން، އިންޑިޔާގެ މުމްބައި ހޮސްޕިޓަލުގެ ޑޮކްޓަރަކަށް އޮންލައިންކޮށް ދެއްކުމުން، ޒިޒްގެ އުމުރުން 5 އަހަރު ވުމުގެ ކުރިން ސްޓެމްސެލް ތެރެޕީ ދެވިއްޖެނަމަ، ދަރިފުޅު ރަނގަޅުވާނެކަމުގެ ޔަޤީންކަން ޑޮކްޓަރ ދީފައިވެއެވެ. މިފަރުވާތަކަށްވެސް ހުރަކަށްވެފައިވަނީ ޢާއިލާގައި މާލީ ތަނަވަސްކަން ނެތުމެވެ. ޒިޒްގެ ޢާއިލާއިންވަނީ އާސަންދަ މެދުވެރިކޮށްވެސް އެހީއެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، ވޯސްޓް ކޭސް އެއް ނޫންކަމުގައި ބުނެ އާސަންދަވަނީ ހަމަޖެހޭގޮތެއް ނުވެފައެވެ. ސްޓެމްސެލް ތެރެޕީއަކީ ކުއްޖާގެ މައިބަދައިން ސްޓެމްސެލް ނަގައިގެން ސިކުނޑީގެ ނާރުތަކަށް އިންޖެކްޓްކޮށްގެން ދޭ ފަރުވާއެކެވެ.

އިންޑިޔާގެ މުމްބާއީގައި ހުންނަ ނިއުރޯޖެން ބްރެއިން އެންޑ ސްޕެއިން އިންސްޓިޓިއުޝަން އިން ހަދާ މިސަރޖަރީ ހެދުމަށްޓަކައި 14 ދުވަހު ހޮސްޕިޓަލުގައި ހުރުމާއެކު، ޚަރަދުވާނެކަމަށް ހޮސްޕިޓަލުން ބުނެފަވަނީ 13،900 އެމެރިކާ ޑޮލަރެވެ. އެއީ، އޮޕަރޭޝަނާއި، ހޮސްޕިޓަލުގައި މަޑުކުރުމުގެ ޚަރަދެވެ. އެހެން ނަމަވެސް، ދަރިފުޅާއިއެކު މަދުވެގެން 2 އެހީތެރިންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، އެހެނިހެންވެސް ދީލަތި އެހީތެރިކަމަށް ޢާއިލާއިން މިވަގުތު އެދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް: ޝިފާނާ ޢަބްދުއްރަޙީމް (ޒިޒްގެ މަންމަ) ފޯން: 9133331 / މުޖްތަބާ އަޙްމަދު (ޒިޒްގެ ބައްޕަ) ފޯން: 9681522

އެކައުންޓް ނަންބަރ: 7770000053635 MRF (ޝިފާނާ ޢަބްދުއްރަޙީމް) / 7770000071342 ޑޮލަރ އެކައުންޓް (ޝިފާނާ ޢަބްދުއްރަޙީމް، ޒިޒްގެ މަންމަ).

ޢާއިލާއިން އެދެނީ އެންމެ ބޭފުޅުންގެ ހެޔޮ ދުޢާ އަދި އެހީތެރިކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *