Ad

ނައިފަރަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފާދިއްޕޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ޅ.ނައިފަރު ވަޑައިގަންނަވާއިފިއެވެ.

އެމަނިކުފާނު ނައިފަރަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނައިފަރުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާފައިވާ ހައުސިންގ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓުތައް ނައިފަރު ކައުންސިލާ ޙަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ނައިފަރުގައި އަލަށް ޢިމާރާތްކޮށްފައިވާ ކައުންސިލް އިދާރާއާއި ނައިފަރުގެ މަދަރުސަތުލް އިފްތިތާޙްގައި އަލަށް ޢިމާރާތްކުރި 10 ކްލާސްރޫމްވެސް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *