Ad

މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށް ދިނުމަށް- މޭޔަރ މުއިއްޒު

ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށް ދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަދުގެ ސަރުކާރުން "ހިޔާވަހި ހައުސިން މަޝްރޫއު" ގެ ނަށް "ރީތިގަސް އެޕާޓްމެންޓް" އަށް ބަދަލު ކުރުމާއި ގުޅިގެން ވަރައްބޮޑަށް ފާޑު ވިދާޅުވެ މޭޔަރ މުއިއްޒު ވިދާޅުވީ "ރަސްރަނި ބަގީޗާ"ގެ ނަން "ސަލްޓަންޕާކަށް" ބަދަލު ކުރިގޮތައް ސީ.އެމް.އީ.ސީ ޕޭސް 3ގެ ނަން ވިނަރެސްއަށް ބަދަލު ކުރި ގޮތަށް "ހިޔާވަހި ހައުސިން މަޝްރޫއު" ގެ ނަށް "ރީތިގަސް އެޕާޓްމެންޓް" އަށް ބަދަލުރުމަށް ވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް ކަމަށެވެ. މޭޔަރ މުއިއްޒު މިހެން ވިދާޅުފައިވަނީ ކުރެއްވި ޓްއިޓެއްގައެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެއްގެ ނަން އަނެއްކާވެސް ބަދަލު ކުރެއްވީ ކަމަށެވެ.

ހިޔާވަހި ހައުސިން މަޝްރޫޢުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންނާއި ހަވާލު ކޮއްފައިވަނީ ކުރީގެ ރައިސް އަބްދުލްﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 2017 ގައެވެ. މިމަޝްރޫޢުގެ ދަށުން 14 ފަންގިފިލާ އަޅައި 647 މިލިއަން ރުފިޔާއަށް އަމީން ކޮންޝްޓްރަކްޞަންއާއި ހަވާލު ކޮއްފައި ވާއިރު އެޑްވާންސް ފައިސާގެ ގޮތުގައި 233 މިލިއަށް އެޗް.ޑީ.ސީން ވަނީ ދައްކާފައެވެ.

2018ވަނަ އަހަރު ވެރިކަން ބަދަލުވުމާއި އެކު އަދުގެ ސަރުކާރައް އެޗް.ޑީ.ސީ ހިންގަން ނޭންގުމުގެ ނަތީޖާ އަކަށް ވެގެން ދިޔައި ކުންފުނީގެ މާލީ ދަތިތަކާއި ކުރިމަތިލާން ޖެހި އަމީން ކޮންސްޓްރަޝަންއަށް ދޭން ޖެހޭ ފައިސާ ނުދިނުމާއި ގުޅިގެން މަޝްރޫޢުގެ އަމަލީ މަސައްކަތް ޖެހުނީ މެދުކަނޑާލާށެވެ.

އަމަލީ މަސައްކަތް މެދުކަންޑާލި އިރު އެޑްވާންސައް ދިން 233 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް މަސައްކަތް ކޮއްފައިވާއިރު އެމަސައްކަތް ތަކަށް އަމީން ކޮންސްޓްރަކްޝަންއިން ފޮނުވާފައިވާ ބިލްތަކަށް އެޗް.ޑީ.ސީ ފައިސާ ދައްވާފައެއް ނުވެއެވެ.

2018 ވަނަ އަހަރު ވެރިކަން ބަދަލު ވީފަހުން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިއަހަރު މަސައްކަތް ފަށާފައި ވަނީ އެޗް.ޑީ.ސީ އާއި އަމީން ކޮންސްޓްރަކްޝަން ދެމެދު އެކުލާލެވުނު އާ އެއްބަސްވުމެއްގެ ތެރެއިންނެވެ.

އިރުވަރަށް މައުލޫމާތު ލިބިފައިވާގޮތުގައި މިމަޝްރޫޢު އަލުން ފަށާފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކޮޝްޓްރަކްޝަން ލޯން ނަގައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *