Ad

ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް ސާލިހު ސިންގަޕޫރަށް

ބޭސްފަރުވާއަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން އެމަނިކުފާނު މިއަދު ސިންގަޕޫރަށް ފުރައިވަޑައިގަންނަވަނީ ތައިރޮއިޑްގެ ފަރުވާއަށްކަމަށެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިމަހުގެ 10 ން 15 އަށްވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *