Ad

ރައްޔިތުން އެދޭއަމާޒަށް ވާސިލް ވުމަށް މާލޭ ސިޓީ ކައުންސިލްގެ ތަރައްޤީގެ ފުރަތަމަ ޕްރޮޖެކްޓް އިއުލާންކޮއްފި

ރައްޔިތުން އެދޭއަމާޒަށް ވާސިލް ވުމަށް މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ތަރައްޤީގެ ޕްރޮޖެކްޓް އިއުލާންކޮއްފިއެވެ. 

މާލޭ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އައުޓްޑޯ ފުޑް ކޯޓެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

މިމަސައްކަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވާނަމަ ސިޓީ ކައުންސިލަށް އީމެއިލްކޮށްގެން އެ މައުލޫމާތު ހޯދުމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.

ފުޑް ކޯޓް ޕްރޮޖެކްޓަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ބައްދަލުވުން ބޭއްވިއިރު ކައުންސިލުން ހެންވޭރު ރައްޔިތުންނަށް ހުށަހެޅި ކަންކަމުގެ ޔެރެއިން ދަރުބާރުގޭ ކައިރިން އިރަށް އޮންނަ ބިމުގައި ވަރަށް ފަސޭހަކަމާއެކު ކުޑަކުޑަ ލޭންޑް ސްކޭޕިންއަކާއެކު މޫވަބަލް ޑިވެލޮޕްމަންޓެއް އެތަނުގައި ޒަމާނީ ސްޓްރީޓް ފުޑް ކޮންސެޕްޓެއް ގެނެސް ސީޓީންގއާއެކު ތަރައްޤީ ކުރުމަށްފަހު ޒުވާނުންނާއި ކަނބަލުންނަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބޭ ގޮތަށް ހުޅުވާލޭވޭނެ ތަނެއް ގޮތަށް ބައްދަލުވުމުގައި ހުށަހެޅުމުން އެ ބައްދަލުވުމުގައި އެކަމަށް ވަރަށް ބޮޑަށް ރައްޔިތުންގެ ފަރާތުން ތާޢީދު ލިބުނު ކަމެކެވެ.

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގު 36 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ މުއިޢްޒު ވިދާޅުވީ ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިއެއް ކުރިއަށް ގެންދަން ބޭނުންވެފައި ތިބި ކަނބަލުންނަށާއި ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ އާމްދަނީ ހޯދުމުގެ ފުރުޞަތު ކައުންސިލުން އިސްނަގައިގެން ޒުވާނުންނާއި އަންހެން ބޭފުޅުންނަށް ހޯދައިދޭނެކަމަށް ބަޔާންކޮށްފައިވާއިރު، މިތަން ލިބޭ ފަރާތްތައް ކަނޑައަޅާއިރު އެ މަޤްޞަދުވެސް ހާސިލްވާނެ ކަމަށް މޭޔަރ މުއިޢްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *