Ad

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަޤާމަށް މުޙައްމަދު ނާޞިޙް ޢައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް ރައީސުލްޖުމްހޫިރއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމުގައި ހުންނެވި ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދުއެވެ.

މުޙައްމަދު ނާޞިޙް މި މަޤާމަށް އައްޔަންކުރެއްވީ ޔޫތު މިނިސްޓަރުގެ ނައިބުގެ މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ.

މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތު ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *