Ad

އައިލެންޑް ކިޗަންގެ 3 ވަނަ ރެސްޓޯރެންޓް ހާބަރު ފުޑް ކޯޓުގައި ހުޅުވައިފި

އައިލެންޑް ކިޗަންގެ 3 ވަނަ ރެސްޓޯރެންޓް ހާބަރު ފުޑް ކޯޓުގައި ހުޅުވައިފިއެވެ.

މިރޭ ފުޑްކޯޓްގައި ބޭއްވުނު ޙަފުލާއެއްގައި އައިލެންޑް ކިޗަންގެ 3 ވަނަ ރެސްޓޯރެންޓް ހުޅުއްވާދެއްވީ މާލޭ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙައްމަދު މުއިއްޒެވެ.

ރެސްޓޯރެންޓް ހުޅުއްވާދެއްވުމަށްފަހު މޭޔަރު މުޢިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި އޮތް ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ އަރިހުގައި މާލޭ ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިރޭ މިހުޅުވުނު އައިލެންޑް ކިޗަން ރެސްޓޯރެންޓްގެ އިތުރުން، ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އަދި ހުޅުމާލޭ ނެއިބަރހުޑް 2ގެ ބީޗް ފްރަންޓުގައިވެސް އައިލެންޑް ކިޗަންގެ ރެސްޓައުރަންޓެއްގެ ޚިދުމަތް ދަނީ ލިބެމުންނެވެ.

އައިލެންޑް ކިޗަންގެ ސީފުޑް ބަކެޓަކީ އާންމުގެން މެދުގައި ވަރަށް މަގްބޫލް ކެއުމެކެވެ.

އައިލެންޑް ކިޗަންގެ މަގްސަދަކީ އާންމުންނަށް ހެޔޮ އަގެއްގައި ކޮލިޓީ ސާމާނު ބޭނުންކޮށްގެން ރަހަމީރު ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *