Ad

ރައީސް ސާލިހް ރީކޯ މޫސަ މެދުވެރިކުރައްވައި ފައްޔާޒު އެންޑޯސް ކުރަށްވައިފި!

ރައީސް ސާލިހްގެ ތައިރޮއިޑް ސާޖަރީއަށް ފަހު ރައީސް ސާލިހު އާއި ބައްދަލު ކުރައްވާ މިއަދު މަޖްލިސްގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީ އެންމެ ދަތި ދުވަސްވަރު ޗެއަރޕާސަން ކަން ކުރެއްވި ރީކޯމޫސަ ތާރީހީ ޓްވީޓެއް ކުރައްވައިފިއެވެ. ރީކޯ މޫސަ އަދި ރައީސް ސާލިހަކީވެސް އެމްޑީޕީގެ ފައުންޑަރުންނަށްވެފައި އަދި ގާތް އެކުވެރިންނަށް ވުމުގެ އިތުރުން ސިޔާސީގޮތުން އެކީގައި އެތައް މަސައްކަތެއް ވަނީ ކުރައްވާފައެވެ. އަދި މިހާރުވެސް ރައީސް ސާލިހު މީޑިއާގައި އެންމެ ބޮޑަށްް ދިފާއުކޮށް ވާދަވެރިންނަށް ރައްދުދޭ ފަރާތަކީ ރީކޯމޫސައެވެ.

ރީކޯ މޫސަގެ މިއަދުގެ ޓްވީޓް ތާރީހީ ގޮތުން ފާހަގަ ވަނީ ރައީސް ސާލިހު ސާޖަރީއަށް ފަހުން އާންމުވި ފުރަތަމަ ފޮޓޯ ކަމުގައިވެފައި އެޓްވީޓުގައިވާ ވަރުގަދަ މެސެޖުގެ ސަބަބުންނެވެ. އެހެނީ ރީކޯ މޫސައަށް ވެސް ރައީސް ސޯލިހުގެ އިޒުނަފުޅު ނެތި އެފޮޓޯފުޅު އާންމު ކުރަންވެސް އަދި އެވަރުގެ މެސެޖެއްވެސް އެފޮޓޮޔާއި އެކީގައެއް ޓްވީޓެއްނުކުރައްވާނެއެވެ.

އާދެ އެޓްވީޓްގައިވަނީ "ރައީސްގެ ސާޖަރީއަށްފަހު ހެޔޮ ޙާލުކޮޅުގާ ބައްދަލުވެ ޙާލު އޮޅުންފިލުވާލެވުނު އިރާދަކުރެއްވީތީ ރަނގަޅުކަމާ ވަރަށްއަވަހަށް ރާއްޖެވަޑައިގަންނަވާނެކަމަށްވިދާޅުވި، MDPވާހަކަވެސް ދައްކާލެވުނު ދެންނެވިން ފައުންޑަރެއްގެ ޙައިސިއްޔަތުން އަޅުގަނޑު ފައްޔާޒް އަށޭތާއީދުކުރަނީ"

މީގެން ދޭހަވަނީ ރައީސް ސާލިހުގެވެސް އެމްޑީޕީ ޗެއަރޕާސަން އަކަށް އެންޑޯސްކުރައްވަނީ ފައްޔާޒް އިސްމާއިލް ކަމެވެ. އެގޮތުން ރައީސް ސާލިހު އަށް ތާއީދު ކުރައްވާ ހުރިހާ މަޖްލިސް މެމްބަރުންނާއި ، ވަޒީރުންނާ އަދި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީ އިންނާއި އެތައް އެމްޑީޕީގެ ފަރާތްތައްް ދަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަށް ފާޅުގައި ތާއީދު ކުރަމުންނެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އިމްތިޔާޒް ފަހުމީ ކުރިމަތިލައްވައިފައި ވީނަމަވެސް އަދި ފާޅުގައި ރައީސް ނަޝީދު އިމްތިޔާޒް ފަހުމީ އެންޑޯސް އެއް ނުކުރައްވައެވެ. އަދި ފާޅުގައި އެއްވެސް ދަތުރަކުވެސް އަދި ބައްދަލުވުމެއްގައިވެސް ރައީސް ނަޝީދު ބައިވެރިއެއްނުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *