Ad

ރަމަޟާންމަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތު ގަޑިތައް ހަމަޖައްސަވައިފި

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތު ގަޑިތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 4/2022 ވަނަ ނަންބަރު ދެންނެވުމުގައެވެ. އަދި ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *