Ad

ބަންޑާރަ ކަޕް ފުޓްސެލް މުބާރާތް: ލަދުވެތިގޮތަކަށް ޕީޖީ ބަލިކޮށް، ޗެމްޕިއަންކަން ޑީޖޭއޭ އަށް

އެޓާރނީ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ބޭއްވި ބަންޑާރަ ކަޕް ފުޓްސެލް މުބާރާތުގެ ފިރިހެން އިވެންޓްގެ ޗެމްޕިއަންކަން ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން (ޓީމް ޑީޖޭއޭ) ހޯދައިފިއެވެ. ޓީމް ޑީޖޭއޭ ޗެމްޕިއަންކަން ހޯދީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމް "ކްލަބް ޓޫޓުވެންޓީ" އާއި ބައްދަލުކޮށް 3-6 ގެ ބޮޑު ތަފާތަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ހާފުގައި އެކަނިވެސް ޓީމް ޑީޖޭއޭ ގެ ފަރާތުންވަނީ 4 ގޯލް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމް ކޮޅަށް ޖަހާފައެވެ. އަދި ފަހު ހާފުގައި އިތުރު 2 ގޯލްވަނީ ޓީމް ޑީޖޭއޭގެ ފަރާތުން ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގައި މުޅިންވެސް ފެނިފައިވަނީ ޓީމް ޑީޖޭއޭގެ ހުނަރުވެރި ކުޅުމެވެ. ފައިނަލްމެޗްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް މާބޮޑު ރައްދެއް ދެވިފައިނުވެއެވެ.

މުބާރާތުގެ އަންހެން އިވެންޓްގައި ކުރިމިނަލް ކޯޓުގެ އަންހެން ފުޓްސެލް ޓީމް ވަނީ ހައިކޯޓުގެ އަންހެން ފުޓްސެލް ޓީމް ބަލިކޮށްފައެވެ. އެއީ، މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެގެން، ޕެނެލްޓީ ޖަހައިގެންނެވެ.

މިއީ، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ޤާނޫނީ ވަކީލުންނާއި، ޖުޑީޝިއަލް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން ބާއްވަން ފެއްޓި ފުޓްސެލް މުބާރާތެކެވެ. މިމުބާރާތުގެ ސަބަބުން ޤާނޫނީ ފަންނުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އުފެދ ގުޅުން ބަދަހިވެގެންދާނެކަމުގައި މުބާރާތް އިންތިޒާމްކުރި ބަންޑާރަ ކްލަބުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *