Ad

17 ކިލޯގެ މަސްތުވާތަކެެއްޗާއެކު މާލެއިން 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *