Ad

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ: ޖޭޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީޕާޓީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ކުރީގެ މަޖިލީސް މެމްބަރު އިލްހާމް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ހެދުމާމެދު ޕާޓީގެ ކައުންސިލްގައި ވިޔަސް އަދި ލިޑަރޝިޕް ލެވެލްގައި ވިޔަސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށެވެ.

އިލްހާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ނުވަތަ ޕާޓީގެ ކައުންސިލްއިން އެހެން ގޮތަކަށް ނުނިންމާ ހިނދަކު ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރާނެކަމަށާއި ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ.

އިލްހާމް އަހުމަދު މިހެން ވިދާޅުވީ، ޕީޕީއެމްއާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމަށް މީޑިއާގައި މިއަދު އަޑު ފެތުރުމާ ގުޅިގެންނެވެ.

"ޖުމްހޫރީ ޕާޓީއާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު މުބީން މީޑިއާގައި މިއަދު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއް." އިލްހާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *