Ad

ހިއުމަން ރައިޓްސް ކޮމިޝަނުން ސިޓީތަކަށް ޖަވާބު ދިނުމަށް 3 މަސްދުވަސް!!!

ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިހުރި މީހެއްގެ ޞިއްޙީ ފަރުވާއާމެދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އިހުމާލުވެފަވާތީ، އެކަން ތަޙްޤީޤުކޮށްދިނުމަށް ބަންދުގައިހުރި މީހާގެ ޢާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ދިގުލައިގެންގޮސް، އެމައްސަލާގެ އަޕްޑޭޓް ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ގުޅުމުން، އެކޮމިޝަނުން ރަސްމީކޮށް ސިޓީތަކަށް ޖަވާބުދެނީ 3 މަސްދުވަހުންކަމުގައި ބުނެފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ ބަންދުގައިހުރި މީހާގެ ޢާއިލާގެ ފަރާތުން ހުށަހަޅާފަވާ މައްސަލައެކެވެ. އެމައްސަލައަކީ، ކޯޓު އަމުރެއްގެ ދަށުން ބަންދުގައިހުރި މީހަކު ޚާއްޞަ ޑޮކްޓަރަށް ދެއްކުމަށް ނެރެފައިވާ އަމުރެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ތަންފީޒުނުކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެމައްސަލައަކީ އަވަހަށް ތަޙްޤީޤުކޮށް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއްކަމުގައި ޢާއިލާއިން ބުނެއެވެ. ސަބަބަކީ، ކުރިމިނަލް ކޯޓުގައި ބަންދުގައި ހުރި މީހާގެ ބަންދުމުރާޖަޢާ އަޑުއެހުންތަށް ބާއްވަމުން އަންނާތީއެވެ. އަދި، ބަންދުގައި ހުރި މީހާގެ ޞިއްޙީ ޙާލަތު ގޯސްވެ، އެތެރެހަށީގެ އިންފެކްޝަން އުފެދި އެކަށީގެންވާ ފަރުވާ ނުލިބޭތީ ކޯޓުގައި އެތަށް ފަހަރަކު ޝަކުވާކޮށްގެންވެސް އެކަށީގެންވާ ފަރުވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ދީފައިނުވާތީއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު ބުނާ ގޮތުން އިންސާނީ އެއްވެސް ޙައްޤެއް ނިގުޅައިގަނެވިއްޖެނަމަ އެކަން ބަލައި ތަޙްޤީޤުކުރުމަކީ ކޮމިޝަނުގެ ޒިންމާއެކެވެ. ޤާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތެއްގެ އަސާސީ ޙައްޤަކާއި ގުޅޭ ކަމެއް އަވަހަށް ތަންފީޒުކުރަންޖެހެއެވެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނަކީ ޙަރަކާތް މަދު މަރުވެފަވާ ކޮމިޝަނެއްގެ ގޮތުގައި ގިނަ މީހުން ދެކެއެވެ. ކޮމިޝަނުގެ ޤާނޫނީ މަޤްޞަދު ޙާޞިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންވަނީ ނުކުޅެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *