Ad

މެލޭޝިއާގައި ހުންނަވާ ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވައިފި

މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވިސާމް އަލީ އެ މަގާމަށް ރައީސް ސޯލިހު އައްޔަނުކުރެއްވީ މާޗް 26، 2019 ގަ އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، މަގާމުގައި ހުންނަވައިގެން ވިސާމް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ވިސާމް އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ހައި ކޮމިޝަނަރެވެ. ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 51 އަހަރު ވަނީ ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *