Advertisement
BML Home 2nd Ad
LONDON, ENGLAND - APRIL 06: Karim Benzema,, player of Real Madrid, is celebrating the goal during the UEFA Champions League Quarter Final Leg One match between Chelsea FC and Real Madrid at Stamford Bridge on April 06, 2022 in London, England. (Photo by Antonio Villalba/Real Madrid via Getty Images)
LONDON, ENGLAND - APRIL 06: Karim Benzema,, player of Real Madrid, is celebrating the goal during the UEFA Champions League Quarter Final Leg One match between Chelsea FC and Real Madrid at Stamford Bridge on April 06, 2022 in London, England. (Photo by Antonio Villalba/Real Madrid via Getty Images)

ރޯދަހިފާއިރު އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ: ބެންޒީމާ

ރޯދަހިފާއިރު އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމަށް ރިއަލްމެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒީމާ ބުނެފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީ ކޮޅަށް 3 ގޯލް ޖެހާ ހެޓްރިކް ހެދި މެޗު ފެށުމުގެ 16 މިނެޓު ކުރިން ރެއާލުގެ ފޯވާޑް ކަރިމް ބެންޒެމާ ހުރީ ރޯދަ ވީއްލާށެވެ.  ރޯދަ ވީއްލިގޮތަށް ކުޅެންއަރައި ބެންޒީމާ ދެއްކި މޮޅު ކުޅުމަށް ގިނަބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. މި މެޗުން ރިއަލްމެޑްރިޑް މޮޅުވީ 3-1 ލަނޑުންނެވެ.

މެޗަށްފަހު ބެންޒީމާ ބުނެފައިވަނީ ރޯދަމަހުގެ ސަބަބުން އޭނާއަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށެވެ. އަދި ރޯދައިގެ ސަބަބުން އުފާވެރިކަމުގެ އިހްސާސްތަކެއް ކުރެވެމުންދާކަމަށެވެ. 

"އެއީ އަހަރެންގެ ދިރިއުޅުމުގެ ބައެއް އަދި އަހަރެމެން ދީނުގައި މަޖުބޫރުކަމެއް. އަހަންނަށް އެއީ ވަރަށް މުހިއްމު ކަމެއް .އަދި ރޯދަހިފާއިރު އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ." ބެންޒެމާ ބުނެފައިވެ އެވެ.

މި ރޯދަމަސް ދިމާވީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އެންމެ ފޯރިގަދަ މެޗްތައް ކުޅޭ ދުވަސްވަރާއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެޗްތައް ގިނައިން ގުޅެނީ އެޤައުމަށް ދުވާލު ވަގުތުގައެވެ. މިގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހު ލިވަޕޫލާއި ވަޓްފޯޑް ކުޅުނު މެޗް ކުޅުނީ އެޤައުމުގެ ގަޑިން މެންދުރު 1:30 ގައެވެ. މި މެޗް ކުޅުނު އިރު ލިވަޕޫލްގެ އެންމެ މުހިންމު ދެކުޅުންތެރިން ކަމަށްވާ މުޙައްމަދު ސަލާހާއި ސާޑިއޯ މާނޭ ތިބީ ރޯދައަށެވެ. މެޗަށްފަހު މި ދެކުޅުންތެރިންވެސް ބުނީ މެޗު ކުޅެންޖެހުމަކީ ރޯދަ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަމަށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add