އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ ފޯރިގަދަ މެޗް މިރޭ ކުޅޭނެއެވެ.
މި މެޗް ކުޅޭނީ ރާއްޖޭ ގަޑިން މިރޭ 8:30 ގައެވެ. މިމެޗާ ކުރިމަތިލާއިރު ދެޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށެވެ. މި މެޗް ކުޅޭނީ ލިވަޕޫލްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސަލާހާއި ސާޑިއޯ މާނޭގެ އިތުރުން ސިޓީގެ މަހްރޭޒް ރޯދައަށް ތިބެއެވެ. މި މެޗް ކުޅޭނީ އެޤައުމުގެ ގަޑިން 16:30 ގައެވެ. މެންޗެސްޓަރސިޓީއަށް އިރުއޮއްސޭނީ އެގައުމުގެ ގަޑިން މިރޭ 8:00 ގައެވެ.
މި މެޗް ފޯރިގަދަވާ ނުވަތަ މި ސީޒަންގައި ލީގުގެ އެންމެ ބޮޑު މެޗަށް މި މެޗްވާ ވަރަށް ގިނަ ސަބަބުތަކެއް ބެއެވެ. މި ދެޓީމަކީ ލީގަށް ވާދަކުރާ ދެޓީމަށްވުމުގެ އިތުރުން މި ދެޓީމުގެ ފޮއިންޓްގެ ފަރަގު އުޅެނީ އެންމެ ޕޮއިންޓެކެވެ.
ސިޓީ ތާވަލްގެ އެއް ވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ސިޓީ އަށްވުރެ އެއް ޕޮއިންޓް ފަހަތުން، 72 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ. ޖެނުއަރީ މަހު ސިޓީ އޮތީ ލިވަޕޫލަށްވުރެ 14 ޕޮއިންޓު ކުރީގައެވެ. އޭރު ސިޓީއަށް ޗެމްޕިއަންކަން ލިބުނުކަމަށް ސިފަކޮށް ނޫސްވެރިން ސިޓީގެ ކޯޗް ގާޑިއޯލާއާ ސުވާލުވެސް ކުރިއެވެ. ނަމަވެސް ގާޑިއޯއާ އޭރުވެސް ބުނީ ލީގު އަދި ނުނިމޭކަމަށާއި އެވަގުތު ތަށި ދީފި ނަމަ "ދިވެހިރާއްޖެ"އަށް ކުޅުންތެރިންނާއެކު ޗުއްޓީއަށްދާން ބޭނުންވާ ކަމަށެވެ.
ޖެނުއަރީގެ ފަހުން ލިވަޕޫލް ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު މި ސީޒަންގައި އެންމެ ފޯމުގައި އޮތް ޓީމަކީ ލިވަޕޫލެވެ. މި ސީޒަންގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ލިވަޕޫލުން ލީގުކަޕް ކާމިޔާބުކޮށްފައިވާއިރު އެފްއޭކަޕްގެ ސެމީފައިނަލްގައި މިމަހުގެ 16 ވަނަ ދުވަހު މި ދެޓީމް ވާދަކުރާނެއެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއަރޓަރ ފައިނަލްގެ ފުރަތަމަ ލެގް ކާމިޔާބުކޮށް ލިވަޕޫލް އޮތީ ސެމީފައިނަލާ ގާތުގައެވެ.
މިރޭގެ މެޗަށް ކުރިމަތިލާޢިރު، ލިވަޕޫލުން ވަނީ ލީގުގައި ޖެހިޖެހިގެން 10 މެޗުން މޮޅުވެފަ އެވެ.