35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާގައި ރާއްޖޭގެ ހަބޭސް ބޮޑުބެރު ގްރޫޕުން ހުށައެޅި ހުށައެޅުންތައް ކަމުގޮސް އެގްރޫޕަށް ތައުރީފް އޮހެން ފަށައިފިއެވެ.
އިންޑިއާގެ ސޫރަޖްކުންޑް، ފަރީދާއާބާދު، ހަރިޔާނާގައި ބޭއްވި "35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ" ގައި ބައިވެރިވެ ހަބޭސް ބޮޑުބެރު ގްރޫޕުން ހުށައެޅި ހުށައެޅުންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި އިވެންޓް އިންތިޒާމްކުރި ފަރާތުގެ އެދުމުގެ މަތިން ހަބޭސްއިން ވަނީ އިންޑިއާގައި އިތުރު ޝޯވތަކެއް ދިނުމަށް އިތުރު 8 ދުވަހަށް މަޑުކޮށްފައެވެ.
"އަޅުގަނޑުމެން ފުރަތަމަ ޝޯވދީ ނިމުމުން މި އިވެންޓް އިންތިޒާމްކުރާ ފަރާތުން އެދުނު އިތުރު ޝޯވތަކެއް ކުޅެދެން. މިގޮތުން ކޮންމެ ދުވަހަކު މި އިވެންޓަށް އިއްޒަތްތެރިން ޒިޔާރަތްކުރާ ގަޑީގައި ހަބޭސްއަށް ޗާންސްދެނީ. އެމީހުންނަށް އެންމެ ކަމުދިޔައީ އަޅުގަނޑުމެން ބެރުޖަހާ ގޮތް. އަތުން ބެރުގައި ޖަހާތީ. އެހާ ގިނައިރު އަތުން ބެރުގައި ޖަހަން ތިބޭތީ އެމީހުން ވަރަށް ހައިރާންވެ ސުވާލުކުރި. މި ފެސްޓިވަލްގައި ހަބޭސްއިން ދިން ހުރިހާ ޝޯވތަކަށްވެސް ވަރަށް ތަރުހީބު ލިބުނު. ރިކުއެސްޓް އަންނަވަރުން ބައެއް ދުވަހު 5 ފަހަރުވެސް ސްޓޭޖަށް އަރަން ޖެހޭ." ހަބޭސް އައްޔަ ބުންޏެވެ.
35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ އޮތީ މިދިޔަ މަހު 19 އިން މިމަހު 4 ވަނަ ދުވަހަށެވެ.
ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ މިހަރުގެ ޖެނުއަރީމަހު ޑުބާއީ އެކްސްޕޯގައި ވެސް ރާއްޖެ ތަމްސީލްކޮށް ހިތްގައިމު ހުށައެޅުންތަކެއް ހުށައަޅައިދީފައެވެ.
One Response
dehkkun therikan bodu foohi baeh