Ad

މަސްވެރިން މަސް ނުކިރުވިގެން އާދޭސްކުރަނީ، ސަރުކާރުން ހަނު!

ބަރަކާތްތެރި ރަމްޟާން މަސް ފެށުނީ ވަރުގަދަ މަސްވެރިކަމަކާއެކުގައެވެ. މަސްބާނާ މިންވަރު އިތުރުވެ ރާއްޖޭގެ މަސް ގަންނަ ކުންފުނިތަކަށް ނުކަތާވަރުވުމުން މަސް ގަތުން ކޮންޓްރޯލް ކުރިއެވެ. ދެކުނުގެ ބޮޑެތި ދޯނިފަހަރުން 50 ޓަނަށްވުގެ ގިނައިން ބާނައެވެ. ޖުމްލަކޮށް ހުރިހާ ދޯންޏަކުންވެސް ގިނައިން މަސް ބޭނިއެވެ. ނަޖީތާއެއްގެ ގޮތުން ރާއްޖޭގައި ކަނޑުމަސް އެންމެ ފުޅާދާއިރާއެއްގައި ގަންނަ ދެ ކުންފުނި ކަމަށްވާ މިފްކޯއާއި ހޮރައިޒަން ފިޝަރީޒުން ކޮންމެ ދޯންޏަކުން ދުވާލަކު ގިނަވެގެން 5 ޓަނު މަސް ގަންނަ ގޮތަށް ނިންމިއެވެ. އެކުންފުނިތަކުން ބުނާ ގޮތުން މިގޮތަށް ނިންމީ މަސް ކަނޑުކުރެވޭ ފްރީޒަރުތަކުގެ ކެޕޭސިޓީއަށް ބެލުމަށްފަހުގައި ކަމަށެވެ. މިވަގުތު ކޮންޓްރޯލެއް ނެތި މަސްގަންނަނީ ހުޅުމާލޭގައި ހުންނަ އެންސިސް ފެކްޓްރީއަށެވެ. ނަމަވެސް އެތަނުގެ ކެޕޭސިޓީއަކީ ދުވާލަކަށް 30 ވަރަކަށް ޓަނުގެ މަހެވެ.

މަސްވެރިންގެ ކަންބޮޑުތަކަށް ސަރުކާރުން އިޖާބަދޭތަނެއް ނުފެނެއެވެ. މައްސަލަ ހައްލުކުރުމަށް އެއްވެސް ކަމެއް ކުރާތަނެއް ނުފެންނަ ކަމަށް މަސްވެރިން ބުނެއެވެ. ކުރެއްވިހާވެސް ކަމަކީ ހުކުރުދުވަހު މަސްވެރިން އެންމެ މަދުވިވަގުތު ބެއްލެވުމަށްފަހު ފިޝަރީޒް މިނިސްޓަރު ކޫއްޑުއަށް ވަޑައިގެން ފޮޓޯއެއް ނެންގެވުމެވެ. އެދުވަހު މިނިސްޓަރުގެ ވާހަކަފުޅު ބައެއް މަސްވެރިން ސިފަކުރެއްވީ މާ ގިނައިން މަސް ބާނާތީ މިނިސްޓަރު ކަންބޮޑުވެގެން އުޅުނު ފަދަ ގޮތަކަށެވެ.

މަސްވެރިން މަސްނުކިރިގެން ކޫއްޑޫގައި މުޒާހަރަކާ ކުރަނީއެވެ. މުޒާހަރަކާ މައިތިރި ކުރުމަށް ފުލުހުންގެ ފައުޖެއް ކޫއްޑޫގައި އެބަ ހަރަކާތްތެރިވެއެވެ. މަސްވެރިންގެ ކަންބޮޑުވުމަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެންވެސް ކުރަމުން އަންނަ ޝަކުވާތަކެވެ. ބާނާ މަސްކޮޅު ނުކިރުމުގެ ޝަކުވާއެވެ. އައިސް ނުލިބުމުގެ ޝަކުވާއެވެ. ދުވާލަކަށް 5 ޓަނުގެ މަސް ކިރުމަށްފަހު ބާކީ މަސްތަކަށް އައިސް އަޅަންޖެހޭއިރު އެމަހަށް އަޅަން އައިސް ނުލިބޭކަމުގެ ޝަކުވާއެވެ. މިހާރުވެސް މަސް ދޯނިފަހަރުގައި 2000 ވަރަކަށް ޓަނުގެ މަސް ނުކިރި ހުރިކަމަށް މަސްވެރިން ލަފާކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *