Ad

ކޫއްޑޫގައި މަސްވެރިންނާ މަސްވެރިންގެ ކުރިމަތިލުމެއް!

މަސްނުކިރިގެން ކޫޢްޑޫގައި ކުރަމުންދާ މުޒާހަރާތަކުގައި މަސްވެރިންނާ މަސްވެރިންގެ ކުރިމަތިލުމެއް ހިނގައިއެވެ. މި ކުރިމަތިލުން މާބޮޑަށް ހޫނު ނުވަނީސް ފުލުހުން ވަނީ ކޮންޓޯލްކޮށްފައެވެ. މަސްވެރިންގެ މެދުގައި ހަމަޖެހުން ހިނގީ މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ކޫއްޑޫގެ ވެރިންނާ މިއަދު ކުރި މަޝްވަރާތަކުގެ ތެރެއިން ދޯންޏަކުން 5 ޓަނުގެ މަސް ގަންނަން ނިންމާފަ އޮތް ނިންމުން ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެނެވެ. ކޫއްޑޫގައި ހުރި މަސްވެރިޔަކު ބުނީ މިގޮތަށް ނިންމުމުން 5 ޓަނަށް ވުނެ މަދުން މަސް ހުރި ދޯނިފަހަރުން މަސްކިރިޔަ ނުދީ ކައްޓާ މައްޗަށް އެރީކަމަށެވެ.

"ކޫއްޑޫއިން މި ނިންމީ ކިއު ތަރުތީބުން ދޯނީގައި ހުރި ހުރިހާ މަހެއް ކިރަމުން ދާގޮތަށް، މިތާ ބޮޑެތި ދޯނިފަހަރުގައި ކޮންމެ ދޯންޏެއްގައި ފަންސާހަކަށްޓަނުގެ މަސް އެބަހުރި. ދުވާލަކަށް 5 ޓަނު ކިރަންޔާ އެބަ ޖެހޭ ދުވާލަކު ފަސް ޓަނު ކިރާލަ ކިރާލާ 10 ވަރަކަށް ދުވަސް ވަންދެން ތިބެން." މަސްވެރިޔަކު ބުންޏެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިފްކޯއިން ވަނީ އަނެއްކާވެސް ދޯންޏަކުން 5 ޓަނު ކިރާގޮތަށް ނިންމާފައެވެ. މިކަމާ ގުޅިގެން އިތުރު ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. މިކަން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުންގެ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *