Ad

އެންޑިއޭގެ ފަރުވާ ފުރިހަމަކުރާ މީހުންނަށް އެމްޓީސީސީން އެޕްރެންޓިސްޝިޕް ފުރުސަތު ދެނީ

ނެޝަނަލް ޑްރަގު އެޖެންސީގެ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ އެޖެންސީން އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގައި އެންޑީއޭގެ ފަރުވާ ޕްރޮގްރާމް ނިންމުމަށްފަހު އަލުން މުޖުތަމައުއަށް ނިކުންނަ ފަރާތްތައް މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ކުރިޔަށްގެންދާ "ރީއިންޓްގެރޭޝަން އެންޑް އާފްޓާ ކެއާ" ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެއްބަސްވެފައި ވެއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ އެންޑީއޭއިން ދޭ ލިސްޓެއްގެ މައްޗަށް ބިނާކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޝަރުތު ފުރިހަމަވާނަަމަ އެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށްފަހު އެމީހުން އުޅުމާއި އަޚުލާގު އަދި ސުލޫކު ހުންނަ ގޮތާއި މަސައްކަތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އެމްޓީސީސީން އެންޑީއޭ އާ ހިއްސާކުރާނެ އެވެ.

މި އެމްއޯޔޫގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި، އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ އެކްޓިން ސީއީއޯ މަރިޔަމް ހާލިދާ އެވެ. އެމްޓީސީސީން ބުނީ މި ޕްރޮގްރާމަކީ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި، މިއަދު ސޮއިކުރި އެމްއޯޔޫގެ ބޭނުމަކީ މި އެމްއޯޔޫގެ ދަށުން ތަމްރީނުވާ މީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *