Ad

ހަބޭސްއިން ފޯރުކޮށްދޭ ރޯދަވީއްލުމަށް ބޮޑު ތަރުހީބެއް

މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕުން ކުރިއަށްްގެންދާ ރޯދަވީއްލުމަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެގްރޫޕުން ބުނެފިއެވެ.

މިއީ އިރުއޮއްސި ބަންގި ގޮވާ ވަގުތު މަޖީދީ މަގުން ދަތުރުކުރާ ފަރާތްތަކަށާއި ހިނގާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ރޯދަ ވީއްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން އެ ގްރޫޕުން ފެށި ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދަނީ ހަބޭސް ސްޑޫޑިއޯއާ އިންވެގެން ހުންނަ އެލްމޯބައިލްއާ ދިމާލުން މަޖީދީ މަގުގައެވެެ.

ހަބޭސް އިން ފޯރުކޮށްދޭ ރޯދަވީއްލުމުގައި، ކަދުރު، ފެން، ކަރާފަނި، ކުރުނބާފަނި، ހެދިކާ، ކޮފީ އަދި ކުކުޅު ފަދަ ބާވަތްތައް ހިމެނެއެވެ. މުޖުތަމައުއަށް ފައިދާހުރި ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ހަބޭސް އައްޔަގެ އިސްނެގުމުގެ މަތިން މިދޔަ އަހަރު ރަމްޟާންމަހު ފެށި މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުޚީބެއް މިހާރު އަންނަނީ ލިބެމުންނެވެ. މިދިޔަ އަހަރު ރޯދަވީއްލަން ބޭނުންކުރި ތަކެތި ގަނެފައިވަނީ އެ ގުރޫޕުގެ ހަރަދުގައެވެ. ނަމަވެސް މިއަހަރު މިތަކެތި ދެނީ އެގްރޫޕުގެ ސްޕޮންސަރުންގެ އެހީތެރިކަމާ އެކުގައެވެ. މީގެތެރޭގައި ލޮޓޮސް ފިހާރަ، ކޮކާ ކޯލާ، ޗިކިން، ގްލޯރިއާ ޖީންސްގެ އެހީތެރިކަން ފާހަގަކޮށް ހަބޭސްއިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިރުތުން މީގެ 10 އަހަރު ކުރިން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި ކޮންމެ ރަމްޟާންމަހަކު ހަބޭސް އިން ކުރިއަށްގެންދާ ސައިކަލު ބުރާއި "ރޯދަ ފޮޓޯ" މިއަހަރުވެސް ވަރަށް ފޯރީގައި ދަނީ ނަގަމުންނެވެ.

ރަމްޟާންމަހުގެ ކޮންމެ ދުވަހަކު އެ ގްރޫޕްގެ ހުރިހާ މެމްބަރުން އެއްތަންވެ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލަނީ އެގްރޫޕްގެ ކޮންމެވެސް ސްޕޮންސަރެއްގެ ނަމާ އެކުގައެވެ. ހަބޭސްގެ ހަރަކާތް ނަމޫނާއަކަށް ބެލުމަށްފަހު އެހެން ގްރޫޕްތަކުން ވެސް ވަނީ މިގޮތަށް ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށް ދޫކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *