Ad

ސަން އައިލެންޑްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ސަން އައިލެންޑް ރިސޯޓްގައި މުދަށް އެރި އުޅުނު އިންޑިއާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އދ.އަތޮޅު ރިސޯޓް އެއްގައި މޫދަށް އެރި އުޅުނު އިންޑިއާގެ ފިރިހެން ފަތުރުވެރިޔަކު ގެނބިގެން އުޅޭކަމަށް މިއަދު މެންދުރު 12:11 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށާއި، ނިޔާވީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *