Ad

އިސްލާމިކް ބޭންކުގެ "އުޖާލާ ޕްރޮމޯޝަން"އަށް ބޮޑު ތަރުޚީބެއް

މޯލްޑިވްސް އިސްލާމިކް ބޭންކުން ރޯދަ މަހަށް ހާއްސަކޮށް ފެށި އުޖާލާ ޕްރޮމޯޝަނަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރަމޯޝަންގައި ބޮޑެތި އިނާމު ތަކެއް ވަނީ ހުށަހަޅާފައެވެ.

މި ޕްރަމޯޝަންގެ ދަށުން ހުށައަޅާފައިވާ އިނާމުތަކަށް ބަލާއިރު  1 ވަނައަށް ހޮންޑާ ސްކޫޕީ ސައިކަލެއް، 2 ވަނަ އިނާމަކަށް އައިފޯނު 13 ޕްރޯ މެކްސްއެއް އަދި 3 ވަނަ އިނާމަކަށް 65 އިންޗި ޓީވީއެއް ލިބޭނެއެވެ. އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ކޯޓޭޝަން ހުށަހެޅިނަމަވަސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

އިސްލާމިކް ބޭންކުން ކުރިއަށްގެންދާ "އުޖާލާ ދިރިއުޅުމަކީ" މި ވަގުތު ރާއްޖޭގެ އެންމެ މަގްބޫލު ރީޓެއިލް ފައިނޭންސިން ޕްރޮޑަކްޓެވެ. މީގެ ދަށުން ގިނަ ފިހާރަތަކަކުން މުދާ ނެގުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އުޖާލާ ދިރިއުޅުމުގައި ކަސްޓަމަރަކު ފައިސާ ދައްކަން ބޭނުން ވާ މުއްދަތު 18 މަހާއި 48 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ހިޔާރު ކުރައްވާ މުއްދަތަކަށް ބަހާލެވެއެވެ. އަދި ކަސްޓަމަރަށް މި ފެސިލިޓީގެ ދަށުން ލިބޭ ލިމިޓްވެސް 6 މަސް ވަންދެން ބޭނުންކުރެވެއެވެ. މި ޕްރޮމޯޝަންގެ ދަށުން މަދުވެގެން 25،000 ރ ގެ މުދާ ނެގޭނެއެވެ.

އުޖާލާ ކޯޓޭޝަން ހުށަހެޅުމަށް ކޯޓޭޝަން ނެގުމަށްގަހު އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް ބޭނުން ބްރާންޗަކަށް ކޯޓޭޝަން ހުށައެޅޭނެއެވެ. އަދި ބޭންކުން ކޯޓޭޝަން ގަބޫލުކުރި ކަމުގެ އެސްއެމްއެސް ނުވަތަ އީމެއިލް ލިބޭނެއެވެ. އަދި "އޭންޓް ކިއު" އެޕްލިކޭޝަންއިން ނަންބަރު ނަގައިގެން ކޯޓޭޝަންގެ އަސްލާއިއެކު ބޭންކަށް ގޮސް އެގްރިމަންޓުގައި ސޮއި ކުރުމުން ފިހާރައިން މުދާ ދޫކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *