Ad

މަސްޢޫދަށް ހަމަލާ ދިން ކަމަށް ބުނެ ކުރި ދައުވާ ސާބިތެއް ނުވި

ކުރީގެ ދިއެފްއެމްގެ ސީއީއޯ މަސްޢޫދު ޙިލްމީއަށް ދަގަނޑުބުރިއަކުން ހަމަލާދިން ކަމަށް ވީޑިޔޯއިން ފެންނަށް ހުރި ނަމަވެސް ހަމަލާދިން މީހާ އެހާދިސާ ހިގި ތަނުގައި ހާޒިރުވެ ނެތް ކަމަށް ހުކުމްކޮށްފި އެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ފޮނަދޫ ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗަށެވެ. މިމައްސަލާގައި އަހުމަދު ސަމީމްގެ މައްޗައް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗިއްސާާއި ނުރައްކާތެރި ހަތިޔާރު މަނާ ކުރާ ގާނޫނުގެ ދަށުންނެވެ.

މިމައްސަލާގައި ދައުލަތުން ވަނީ 11 ހެެއްކެއް ހުށަހަޅާފަ އެވެ. އެގޮތުގައި މައި ހިކޭގެ ގޮތުގައި މަންޒަރު ދުއް 2 މީހެއްގެ ހެކި ބަހާއި އެސަރަހައްދުން ހަމަލާދިން މީހާ ފެނުނު ކަމުގެ ހެކި ބަހާއި ވީޑިޔޯ އާއި ވީޑިޔޯ ތަހްލީލް ކުރި ފުލުސް އޮފިޝަރުގެ ހެކި ބަހުގެ އިތުރުން މަސްއޫދަށް ފަރުވާދިން ޑޮކްޓަރާއި ފޮރިންސިކް ރިޕޯޓްވެސް ހެކިބަހުގެ ގޮތުގައި ހުށަހަޅާފަ އެވެ. އެހެންނަމަވެސް ސަރީއަތަށް ހުކުމް ކުރިއިރު ސަރީއަތުން ވަނީ މި ހެކިތައް ބަލައި ނުގަންނަން ނިންމާފައެވެ.

މި މައްސަލަ ސާބިތު ނުވީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުން ނެވެ. މަސްއޫދުގެ ދިފާއުގައި ހުށައެޅި އޭނާގެ އަންހެނުންގެ ހެކިބަސްވެސް ދިޔައީ މަސްއޫދާ ދެކޮޅަށެވެ. އޭނާ ބުނެފައިވަނީ މައްސޫދުގައި ޖެހިތަން ނުފެންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *