Ad

ފާޅުކަން ބޮޑު ގާނޫނީ ގޯސް ހަދަނީ ލީގަލް ކޮމިއުނިޓީ ބަލިކަށި ކަމުން: ދިޔާނާ

ރާއްޖޭގައި ފާޅުކަން ބޮޑު ގާނޫނީ ގޯސްތައް ހަދަން ޖާގަ ލިބެނީ ގާނޫނީ ކޮމިއުނިޓީ އާއި ބާކައުންސިލް ބަލިކަށި ކަމުން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

މަސްހޫރު ގާނޫނީ ވަކީލް ދިޔާނާ ސައީދު ވިދާޅުވީ ގާނޫނީ ވެރިކަމަށް ކިތައްމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ނަމަ­­ވެސް ބާކައުންސިލާއި ގާނޫނީ ކޮމިއުނިޓީ އޮންނަނީ ދުލުގައި ބޮޑު ތަޅުވައިގެން ކަމަށެވެ.

" ރޫލް އޮފް ލޯއަށް ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރިއަސް އަމިއްލަ ހަންގަނޑުގައި އެކަމެއް ނުޖެހޭ ހިދެއްގައި ދުލުގައި ތަޅުއަޅުވައިގެން ތިބުން." ބާކައުންސިލާއި ގާނޫނީ ކޮމިއުނިޓީއަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ މި މޭރުމުން ފާޑު ވިދާޅުވެފައި މިވަނީ ރައީސްޖުމްހުރިއްޔާގެ ގަރާރެއް ނެރުއްވާފައިވާ ދަނޑިވަޅެއްގައި ގާނޫނީ ބޭފުޅުން ހިޔާލު ތަފާތުވެ، އަދި މިދިޔަ ހަފްތާގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މަސްއޫދަށް ހަމަލާދިން މައްސަލާގައި ކޮށްފައިވާ ހުކުމަކާއި ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް ފާޑު ސަރުއީ ދާއިރާއަށް ކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *